އިންޑިއާ ކަނޑުގެ "ބެސްޓް ހޮޓެލް" އެވޯޑު ރާއްޖޭގެ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ލިބިއްޖެ އެވެ.
އަލްޓިމެޓް ލަގްޒަރީ ޓްރެވަލް ރިލޭޓެޑް އެވޯޑްސް (އަލްޓްރާ) އިން ދޭ މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮތީ ދުބާއީގެ އެމަރެލްޑް ޕެލަސްގައި އެވެ. އިނގިރޭސި ވިލާތުގެ "ޓެލެގްރާފް" އާއި "އަލްޓްރާ ޓްރެވަލް" ގެ ކިޔުންތެރިންގެ ވޯޓުން ހޮވާ އެވޯޑެކެވެ.
މި އެވޯޑު ރީތިރަށް ރިސޯޓުން ކާމިޔާބުކުރީ ރާއްޖެ އާއި އިންޑިއާ ކަނޑުގައި ފާހަގަކޮށްލެވޭ ރިސޯޓުތަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަނަންތަރާ ކިހަވަހަށް މޯލްޑިވްސް ވިލާސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑާއި ވޮއްމުލި އަދި ސީޝެލްސްގެ ނޯތު އައިލެންޑްސް ހިމެނެ އެވެ.
މި އެވޯޑު ދެނީ ކިޔުންތެރިން ވޯޓުންނެވެ. އެގޮތުން އެބަޔަކަށް އެންމެ ކަމުދާ އެއާލައިނާއި ޓުއާ އޮޕްރޭޓަރުން އަދި ހޮޓެލްތަކާއި މަންޒިލްތަކަށް ވޯޓު ލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް