ރާއްޖޭގެ އެންމެ ބޮޑު ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް" ގެ 11 ފިހާރައިގައި 6 އޮކްޓޯބަރު 2019 އިން 15 ޖެނުއަރީ 2020ގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް އަހަރީ ބާޒާރު" ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. ނަސީބުވެރިން ހޮވާފައިވަނީ ރެޑްވޭވް މެގަމޯލް ގައި، މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ. އެގޮތުން 100،000 އަށް ވުރެ ގިނަ ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 10 އިނާމް ހައްޤުވާ 10 ފަރާތެއްވަނީ ހޮވާފައެވެ. އަދި 10،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި 10 ފަރާތެއްވެސް ވަނީ މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮވާފައެވެ.
ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ރެޑްވޭވް އަހަރީ ބާޒާރު ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ. ވުމާއިއެކު، ކުރިއަށްއޮތް ރެޑްވޭވްގެ ރޯދަސޭލް ޕްރޮމޯޝަން ވެގެންދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިއްބައިދޭނެ، އަދި މިއަށްވުރެގިނަ އިނާމް ތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.
ރެޑްވޭވް އަހަރީބާޒާރުގެ ނަސީބުވެރިން
| އިނާމް | ނަން | ކޫޕަން ނަމްބަރ | # |
| 10،000 ރުފިޔާގެ އިނާމް | އިނާޒް | 67590 | 1 |
| 10،000 ރުފިޔާގެ އިނާމް | މުއްތަލިބް | 29468 | 2 |
| 10،000 ރުފިޔާގެ އިނާމް | މުހައްމަދު ރަސަލް މިއާ | 46096 | 3 |
| 10،000 ރުފިޔާގެ އިނާމް | އައިޝަތު ރައިފާ | 75457 | 4 |
| 10،000 ރުފިޔާގެ އިނާމް | ރަޒިއްޔާ މުހައްމަދު | 54115 | 5 |
| 55 އިންޗި ޔޫއެޗްޑީ ޓީވީ | އަޒީ އަބްދުﷲ އަޒީޒް | 41146 | 6 |
| 55 އިންޗި ޔޫއެޗްޑީ ޓީވީ | އަޔާލް | 10266 | 7 |
| 55 އިންޗި ޔޫއެޗްޑީ ޓީވީ | އަމީނާ ޔޫސުފް | 38086 | 8 |
| 55 އިންޗި ޔޫއެޗްޑީ ޓީވީ | ޝަމޫން | 25124 | 9 |
| 55 އިންޗި ޔޫއެޗްޑީ ޓީވީ | އަހުމަދު ޝާހިދު | 77929 | 10 |
| 18000 ބީޓީޔޫ އޭސީ | އަފްރިހާ | 03233 | 11 |
| ސެކްޝަނަލް ސޯފާސެޓް | ޝާދް މުހައްމަދު | 20686 | 12 |
| މޮޑާރން ސޯފާ | މަޖީދް | 66604 | 13 |
| ބުކް ޝެލްފް | އަބްދުލް ވަހީދު | 16876 | 14 |
| ގްލެން އެއަރ ޕިޔުރިފަޔަރ | އަސްލަމް މޫސާ | 10396 | 15 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް