އިންޑިއާ މީހަކު ދުނިޔޭގެ ރެކޯޑު ހެދުމުގައި އަވަދިނެތި، މިހާރު ތިން ރެކޯޑު ހަދައިފި

އިންޑިއާގެ ރާޖިސްތާންގެ އުދައިޕޫރުގެ ކުރީގެ ރަސްކަމުގެ ދަރިފަސްކޮޅާއި ގުޅިފައި ހުރި އާއިލާއަކަށް ނިސްބަތްވާ ޕްރިންސް މަހާރާޖް ކުމާރު ލަކްޝަރާޖް ސިން އަކީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ...

29 Jan 2020 | 07:47

އިންޑިއާގެ ރާޖިސްތާންގެ އުދައިޕޫރުގެ ކުރީގެ ރަސްކަމުގެ ދަރިފަސްކޮޅާއި ގުޅިފައި ހުރި އާއިލާއަކަށް ނިސްބަތްވާ ޕްރިންސް މަހާރާޖް ކުމާރު ލަކްޝަރާޖް ސިން އަކީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ތަފާތު ރެކޯޑުތައް ހަދަން ބޭނުންވާ މީހެކެވެ.

މިހާތަނަށް އޭނާ ވަނީ ތިން ފަހަރު ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. އޭނާ އުދައިޕޫރުގައި މަޝްހޫރުވެފައިވަނީ ފަގީރުންނާއި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އޯގާތެރި މީހެއްގެ ގޮތުގައި އެވެ. އަދި ފަގީރު ކުދިން ސްކޫލަށް ފޮނުވުމާއި އެ ސްކޫލްތައް ހިންގުމަށް ފަންޑު ކޮށްދިނުމަކީ މީހުންގެ ލޯބި އޭނާއަށް ލިބޭ ކަންކަމެވެ.

ޕްރިންސް މަހާރާޖް އަށް އިއްޔެ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ލިބިފައިވަނީ އެންމެ ގިނަ ގަސް60 ސިކުންތު ތެރޭގައި ކުދި ކުދި ޕޮޓުގައި އިންދައިގެންނެވެ. އޭނާއަށް ސަޕޯޓު ކުރާ މީހުންނާއި އޭނާ ބައިވެރިވި މި ހަރަކާތުގައި60 ސިކުންތު ތެރޭގައި4035 ގަސް ޕޮޓުގައި އިންދާފަ ވެ އެވެ.

އޭނާ ފުރަތަމަ ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދީ ތިން ލައްކަ ހެދުން ފަގީރުންނަށް ހަދިޔާކޮށްގެންނެވެ. ދެވަނަ ފަހަރު ރެކޯޑު ހެދީ24 ގަޑިއިރު ތެރޭގައި ސްކޫލް ކުދިންނަށް ބޭނުންވާ20 ޓަނުގެ ސާމާނު އެ ސަރަހައްދުގެ ފަގީރު ނުވަތަ މެދުފަންތީގެ ސްކޫލްތަކަށް ހަދިޔާކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް