ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ ދިޝާ ޕާޓީގެ އެންމެ ބޮޑު ހުވަފެނަކީ ސުޕާ ސްޓާ ޝާރުކް ހާން އާއި ބައްދަލު ކުރުން ކަމަށް އޭނާ ބުނެފި އެވެ.
ޓައިމްސް ނައުއަށް ދިން އިންޓަވިއުއެއްގައި ދިޝާ ބުނެފައިވަނީ އެންމެ ބޭނުންވަނީ ޝާރުކް ހާން އާއި އެކު ކޮފީއަކަށް ގޮސް ވާހަކަ ދައްކާލުމަށެވެ. އެއީ ދުވަހަކުވެސް އަދި އޭނާ އާއި ބައްދަލު ނުވާތީ ކަމަށް ބުނެފައިވެ އެވެ.
ދިޝާ ބުނެފައިވާގޮތުގައި ބޮލީވުޑްގައި ކިތަންމެ ބުރަކޮށް ފިލްމުތަކުގައި މަސައްކަތް ކުރަން ޖެހުނަސް ޝާރުކް ހާންގެ ފިލްމުތައް ބަލައި އޭނާ ދެން އެންމެ އަވަހަށް ސޮއި ކުރާ ފިލްމާއި އޭނާގެ މަސައްކަތްތަކުގެ މައުލޫމާތު ބަރާބަރަށް ހޯދާ ކަމަށެވެ.
ޝާރުކް ހާން އާއި ބައްދަލު ކުރުމަކީ ބޮލީވުޑަށް އަލަށް ތައާރަފްވާ ގިނަ ފަންނާނުންގެ ހުވަފެނެކެވެ. ދިިޝާ ބޮލީވުޑަށް ތައާރަފުވީ2016 ވަނަ އަހަރު ރިލީޒް ކުރި "ބާގީ" އިންނެވެ.
ދެން އެންމެ އަވަހަށް ރިލީޒް ވާނީ ދިޝާގެ "މަލަންގް" އެވެ. އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް