ވައިރަސް އާއި ގުޅިގެން 2000 އަށްވުރެ ގިނަ ޗައިނާ މީހުން ބުކިން ކެންސަލްކޮށްފި

ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ޗައިނާގެ2000 އަށްވުރެ ގިނަ ފަތުރުވެރިންގެ ބުކިން ކެންސަލް ކޮށްފި އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރެއާ ހަމައަ...

29 Jan 2020 | 07:07

ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ޗައިނާގެ2000 އަށްވުރެ ގިނަ ފަތުރުވެރިންގެ ބުކިން ކެންސަލް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރެއާ ހަމައަށް ވައިރަހާ ގުޅިގެން 2،083 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 1،466 ޓޫރިސްޓުންނަކީ ޗައިނާ މީހުންނަށް ކަމަށެވެ.

އެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަހުގައި ރާއްޖެ އޮތް ހާލަތާ ގުޅިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ވައިރަހާ ގުޅިގެން ޓޫރިޒަމް ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކަށް ވަކިން ޓާސްކް ފޯހެއް އެކުލަވާލައި ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، އިކޮނޮމިކް ކައުންސިލާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ތާމަލް ކެމެރާ ބޭނުންކޮށްގެން މިވަގުތު ސްކްރީން ކުރަމުން އަންނަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. މިހާތަނަށް ބަލި ޖެހިފައިވާ މީހަކު ރާއްޖެ އެތެރެ ވެފައިނުވާ ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް