އަދީބު ގެއަށް ބަދަލުކުރަން ކުރި އަމުރު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ގެއަށް ބަދަލުކުރުމަށް ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ސުޕްރީމް ކޯޓުންވެސް ނެރެފައިވަނ...

29 Jan 2019 | 11:57

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ގެއަށް ބަދަލުކުރުމަށް ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުންވެސް ނެރެފައިވަނީ ވަގުތީ އަމުރެކެވެ. އެ އަމުރުގައި ބުނެފައިވަނީ އަދީބު ގެއަށް ބަދަލުކުރުމާއިމެދު އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށެވެ. ހައިކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށްވެސް ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ސުޕްރީމް ކޯޓުގެ އަމުރުގައި އަމުރުކޮށްފައިވެއެވެ.

އަދީބު ގެއަށް ބަދަލުކުރުމަށް އިއްޔެ ހައި ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގާ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެންނެވެ.

ހައި ކޯޓުގެ އަމުރާއެކު އަދީބު މިހާރު ގެއަށް ބަދަލުކޮށްފައިވާއިރު ހައި ކޯޓުގެ އެ އަމުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފައިމިވަނީ ހައި ކޯޓުގެ އެ އަމުރު ސުޕްރީމް ކޯޓަށް ހުށަހަޅާ އެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް