މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ހުޅުވާލައިފިއެވެ. ރޭ މިކަމަށްޓަކައި ބޭއްވި ޖަލްސ...

29 Jan 2019 | 06:23

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ހުޅުވާލައިފިއެވެ.

ރޭ މިކަމަށްޓަކައި ބޭއްވި ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު އަމްޖަދު މުޞްޠަފާ ވިދާޅުވީ މަޖިލިސް އިންތިހާބުގެ ތައްޔަރީތައް ވަމުން ގެންދާއިރު، ވީހާވެސް ފަސޭހައިން ވޯޓްލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

މީގެ އިތުރުން ވީހާވެސް ގިނަ ރިސޯޓްތަކުގައި ވޯޓްފޮށި ބެހެއްޓުމަށް ފުރުސަތު ދިނުމުގެ ގޮތުން ރިސޯޓް ތަކުގައި ވޯޓްފޮށި ބެހެއްޓުމަށް ރެޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އަމްޖަދު ވިދާޅުވެފައި ވާއިރު، މަޖިލީސް އިންތިހާބުގެ އިތުރު ތަފްސީލެއް އިލްކެޝަންސް ކޮމިޝަނުގެ ރައިށް ދެއްވާފައެއް ނުވެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް