ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ (ކ.އެނބޫދޫ ފިނޮޅު) ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުންނާއި އެ ރިސޯޓްގެ ފަޔަރ ޓީމު ކުރި މަސައްކަތުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މިހާދިސާގެ މަޢުލޫމާތު ފަތިހު 04:48 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެ ރިސޯޓްގެ ފަސް މޫދު ކޮޓަރިއެއްގައި ރޯވި މި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ މިއަދު ހެނދުނު 06:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މިހާދިސާގައި މޫދުކޮޓަރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް