ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުޅުވާ ވޯޓަރ ފްރޮންޓްގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ކޭއެފްސީ، ޕިއްޒާ ހަޓް، ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓްގެ އައުޓްލެޓްތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގެ ފަރާޓުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އެޗްއެމްއެސް ހޯސްޓް އިންޓަނޭޝަނަލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވޯލްޓަރ ސެއިބް އެވެ. އެ ކުންފުންޏަކީ އެ އައުޓްލެޓްތައް ވީއައިއޭގެ ވޯޓަރ ފްރޮންޓްގައި ހިންގާނެ ކުންފުންޏެވެ.
ކުރިއަށް ދެ ތިން މަސްތެރޭ ވޯޓަރފްރޮންޓް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާ ޢާއްމުންނަށް ޚިދުމަތް ދޭން ފަށާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް