މިފްކޯ ބޯޓު ދިޔަވުން ސިފައިން ކޮންޓްރޯލް ކޮށްފި

ޅ ފެލިވަރު ކައިރިން މިފްކޯގެ މަސްބޯޓެއް ދިޔަ ވާތީ އިއްޔެ، ސިފައިން ހަރަކާތްތެރިވާންފަށާފައިވާއިރު އެ ބޯޓު ދިޔަވުން ސިފައިން ކޮންޓްރޯލް ކޮށްފައިވާކަމަށް ސިފައިން ބުނެފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝ...

29 Jan 2018 | 07:04

ޅ ފެލިވަރު ކައިރިން މިފްކޯގެ މަސްބޯޓެއް ދިޔަ ވާތީ އިއްޔެ، ސިފައިން ހަރަކާތްތެރިވާންފަށާފައިވާއިރު އެ ބޯޓު ދިޔަވުން ސިފައިން ކޮންޓްރޯލް ކޮށްފައިވާކަމަށް ސިފައިން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިފްކޯ ބޯޓްގެ ދިޔަވުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ.

"މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންގެ ޓީމް އިން ބޯޓުގެ ބަނޑުފިލއިން ދިޔަވާ ތަންތަންތައް ބަންދާ ދިޔަވުން ވަނީ ކޮންޓްރޯލް ކޮށްފައި" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ބޯޓު ދިޔަވުން މުޅިން ކޮންޓްރޯލް ކުރެުނީ މިއަދު 10:30 ހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް