ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭ.އީ ގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން ހާމަކުރައްވާގޮތުގައި ޔޫ.އޭ.އީ ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ މަންމާފުޅު ޝެއިޚާ ޙައްޞާ ބިންތި މުޙައްމަދު ބިން ޚަލީފާ އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ވަނީ ފޮނުއްވާފައި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޔޫ.އޭ.އީ ގެ ރައީސް ގެ މަންމާފުޅު އަވަހާރަވީ ކަމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވާކަމަށާއި އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޔޫ.އޭ.އީ ގެ ރައީސަށާއި، އެމަނިކުފާނުގެ އާއިލާއަށާއި، އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވާކަމުގައި ރައީސް އޮފީހުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް