މެލޭޝިޔާއިން ރާއްޖެއަށް 500 ސްކޮލަރޝިޕް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ސްކޮލަޝިޕްތައް އެޑިއުކޭޝން މެލޭޝިޔާ ގްލޯގަލް ސަރވިސްގެ ފަރާތުން ހަވާލުކުރެއްވީ އެޑިއުކޭޝަން މެލޭޝިޔާގެ ސީއީއޯ ނައުއީދިން ތާޖުއްދީނެވެ. ރާއްޖޭގެ ފަރާތުން ސްކޮލަރޝިޕް ތަކާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމްއެވެ.
މި ސްކޮލަރޝިޕްތަކުގެ ތެރޭގައި ޑިގްރީ ލެވެލް އާއި މާސްޓާސް ލެވެލްގެ ސްކޮލަރޝިޕްތައް ހިމެނޭއިރު، މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދިވެހި ދަރިވަރުންނަށް މަތީ ތަޢްލީމްގެ ފުރުސަތު ކަށަވަރު ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން ލިބުނު ރަނގަޅު ފުރުސަތުތަކެއް ކަމަށެވެ. އަދި މިއީ ރައްޖެއާއި މެލޭޝިޔާއާއި ދެމެދު އޮތް ރަޙްމަތްތެރި ގުޅުން ދައްކުވައިދޭ ކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
މެލޭޝިޔާގައި ދިވެހި ދަރިވަރުންނަށް ލިބެން ހުރި ތައުލީމީ ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މެލޭޝިޔާގެ ފަރާތުން ދަރުބާރުގޭގައި މިހާރުވެސް އެކްސްޕޯއެއް ކުރިއަށް އެބަ ދެ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯގައި މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް