އިންޑިއާގައި އެމްއާރުއައި މެޝިނަކަށް މީހަކު ދަމައިގަނެ މަރުވެއްޖެ

އިންޑިއާގެ މުމްބައިގެ ހޮސްޕިޓަލެއްގައި އެމްއާރުއައި މެޝިނެއްގެ ތެރެއަށް މީހަކު ދަމައިގަނެ އެމީހާ މަރުވެއްޖެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އުމުރުން 32 އަހަރ...

29 Jan 2018 | 05:16

އިންޑިއާގެ މުމްބައިގެ ހޮސްޕިޓަލެއްގައި އެމްއާރުއައި މެޝިނެއްގެ ތެރެއަށް މީހަކު ދަމައިގަނެ އެމީހާ މަރުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އުމުރުން 32 އަހަރުގެ ރާޖޭޝް މަރު ނަމަކަށް ކިޔާ މީހެކެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ މުމްބާއީގެ ބީވައިއެލް ނާއިރު ޗެރިޓެބަލް ހޮސްޕިޓަލުގައި އެވެ. މިކަން ހިނގަން މެދުވެރިވީ ހޮސްޕިޓަލުގެ އިހުމާލުން ކަމުގައި ބައެއް ނޫސްތަކުގައި ސިފަ ކޮށްފައި ވެ އެވެ.

އެމްއާރުއައި މެޝިނުގެ ތެރެއަށް ދަމައިގަނެ މަރުވި މީހާއަކީ އުމުރުން ދުވަސްވީ މީހަކު ގޮވައިގެން އެމްއާރުއައި އެއް ހައްދަން ދިޔަ މީހެކެވެ. އުމުރުން ދުވަސްވީ މީހާ ނޭވާ ލަނީ އޮކްސިޖަން ފުޅިއެއްގެ އެހީގައި ކަމުން އެމީހުން ދިޔައީ އެ ގޭސްފުޅި ހިފައިގެންނެވެ. އެ ގޭސްފުޅިއާއެކު އެމްއާރުއައި ރޫމަށް ވަނުމުގެ ހުއްދަ އެ ހޮސްޕިޓަލުން ދިނެވެ.

މިކަން ހިނގަން މެދުވެރިވީ އެ އޮކްސިޖަން ފުޅިއަކީ ދަގަނޑު ފުޅިއަކަށްވެފައި އެމްއާރުއައި މެޝިން އެކްޓިވޭޓް ވި ވަގުތު އެ ފުޅިއާއެކު، އެ ފުޅި ހިފައިގެން ހުރި މީހާވެސް އެ މެޝިނުގެ ތެރެއަށް ދަމައިގަތުމުންނެވެ. އޭނާ މަރުވެފައިވަނީ ފުޅިއާއެކު އެ މެޝިނުގެ ތެރޭގައި ފިތިގެން ކަމުގައި އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް