ށ. ކޮމަންޑޫގައި އުމުރުން ދުވަސްވީ މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ށ. ކޮމަންޑޫ މަގުމަތީގައި އޮތް 72 އަހަރުގެ ފިރިހެނަކު އެރަށު ހެލްތު ސެންޓަރަށް ގެންދެވިފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 4:445 ހާއިރު ލިބިފައިވާކަމަށެވެ.
ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާކަމުގައިވެސް މީޑިއާ އޮފިސަރު ވިދާޅުވި އެވެ. މި މަރާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިއެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް