ދިވެހި ކުޑަކުދިންތަކެއްގެ ފޮޓޯއާއެކު ބޭއަދަބީ ލިޔުންތަކެއް ލިޔެ ފޭސްބުކްގައި ދައުރުކުރި ޕޭޖެއްގެ މައްސަލަ ބޮޑުވެ ފުލުހުންގެ އެދުމުގެ މަތިން އެ ޕޭޖް ޑިލީޓްކ ކޮށްފައިވާއިރު އެ ޕޭޖްގެ އިތުރު މައުލޫމާތު ހޯދަމުން އަންނަ ކަމުގައި ފުލުހުން ބުނެފި އެވެ.
"މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުން، މި ޕޭޖްގެ މައުލޫމާތު އިތުރަށް ހޯދާ މިކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް މިދަނީ ފުލުހުން ކުރަމުން" މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވި އެވެ.
މި ޕޭޖްގެ މައްސަލަ ބޮޑުވެ ގިނަ ބަޔަކުވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައި އެވެ. ފުލުހުން ބުނެފައިވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް