އެމްއެންޑީއެފް އެލަރޓް ސްޓޭޓަސް އަދިވެސް ލެވެލް 2ގައި، އޮޕަރޭޝަން ދަނީ ކުރިއަށް

އެމްއެންޑީއެފް އެލަރޓް ސްޓޭޓަސް އަދިވެސް އޮތީ ލެވެލް 2ގައި ކަމަށާއި އޮޕަރޭޝަން ދަނީ ކުރިއަށް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހީމް އާޒިމް ވިދާޅ...

28 Dec 2019 | 15:12

އެމްއެންޑީއެފް އެލަރޓް ސްޓޭޓަސް އަދިވެސް އޮތީ ލެވެލް 2ގައި ކަމަށާއި އޮޕަރޭޝަން ދަނީ ކުރިއަށް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ ޔެލޯ އެލާޓް ސްޓޭޓަސްއަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އޮޕަރޭޝަންތައް މިހާރުވެސް ކުރިއަށް ގެންދަނީ އެލާޓް ސްޓޭޓަސްއާ އެއްގޮތަށް ކަމަށެވެ.

އެކަމަކު އިތުރު ތަފްސީލެއްް ހާމައެއް ނުކުރައްވައެވެ.

އެމްއެންޑީއެފް އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ 19:00 އިން ފެށިގެން ސިފައިންގެ އެލާޓް ލެވެލް "ޔެލޯ 2"އަށް ވަނީ މަތިކޮށްފައެވެ. އެއީ އާންމުކޮށް ސިފައިންގެ އެލާޓް ސްޓޭޓަސް އަށްވުރެ އެއްދަރަޖަ މައްޗެވެ.

އެލާޓް ލެވެލް "ޔެލޯ 2"އަށް މަތިކުރުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވެ، ކަނޑު އުޅަނދުފަހަރު ބަލައިފާސްކޮށް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވެއެވެ.

ސިފައިންގެ އެލާޓް ސްޓޭޓަސް މަތިކޮށްފައިވަނީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި ނަމަވެސް އެލާޓް ލެވެލް މަތި ކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރުމަށް ކަމަށް އެމްއެންޑީއެފް އިން ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް