އަލީ ވަހީދަށް އިތުބާރު އެބަ އޮތް: ނަޝީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިތުބާރު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ވާހަކަފުޅު ދައ...

28 Dec 2019 | 12:20

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިތުބާރު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައި މިވަނީ، ޓޫރިޒަމް މިނިސްޓްރީން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މިނިސްޓަރު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އޭނާ އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށާއި އޭނާއަށް އެމްޑީޕީގެ ސިޔާސަތު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ހެޔޮ ބަދަލު އަންނާން ފަށާފައި، މިނިމަން ވޭޖާއި ސާވިސް ޗާޖް މައްސަލަ ވެސް ހައްލު ކުރެވޭނެ، މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރަން،" ނަޝީދުގެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ

މިދިޔަ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށެވެ. އަދި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް