ބްރިޖުގެ ދަގަނޑުތަކުން ދަބަރު ފިލުވަން އާ މެޓީރިއަލެއް

ސިނަމާލެ ބްރިޖުގައި ބޭނުންކޮށްފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހަމުންދާތީވެ އާ މެޓީރިއަލްއެއް ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ. ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް...

28 Dec 2019 | 11:26

ސިނަމާލެ ބްރިޖުގައި ބޭނުންކޮށްފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހަމުންދާތީވެ އާ މެޓީރިއަލްއެއް ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަގަނޑުތަކުގައި ދަބަރުޖަހާ މައްސަލަ ހައްލު ކުރަނީ ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭ މެޓީރިއަލްއެއް ބޭނުންކޮށްގެން ކަމަށެވެ.

އެ މަސައްކަތް ކުރަނީ ޗައިނާގެ ޒިއޭމަން ޔުނިވާސިޓީ އާއި ބްރިޖު ހެދި އެ ގައުމުގެ ސީސީސސީ އިންޖިނިއަރިންގެ ޓީމުން އެކި ފަހަރު މަތިން ކުރި ދިރާސާތަކަކަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްރިޖު ހުޅުވިތާ އަދި ކިރިއާ އަހަރެއްވީއިރު އެހާ އަވަހަށް ދަބަރު ޖަހަން ފެށުމުން ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް