މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ...

28 Dec 2019 | 10:54

ރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި ތިން ދިވެހި ފިރިހެނުންނގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މިއަދުން ފެށިގެން އިތުރު 10 ދުވަސް މުއްދަތު ދީފައިވާ ކަމަށެވެ.

މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުވަ ގެއަކާ ދޯންޏެއް ބަލާ ފާސްކޮށް ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ސަލާމަތީ ބާރުތަކުން މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެރަށުން ފުލުހުން ހައްޔަރުކުރީ 30 އަހަރުގެ ފިރިހެނަކާއި، 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރު ފިރިހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް