ހަރުކަށި ފިކުރު ފަތުރަމުން އައި މީހަކު އއ. މާޅޮހުން ހައްޔަރުކޮށްފި އެވެ.
އެމައްސަލައިގައި ހައްޔަރު ކުރީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މާޅޮޮހުގައި މީހަކި ހަރުކަށި ފިކުރު ފަތުރާ ކަމުގެ މައުލޫމާތު ލިބިގެން އެމީހާ ހައްޔަރުކުރީ މިއަދު މެންދުުރު 11:44 ހާއިރު ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، އެމީހާގެ ދަރިންނަށް 18 އަހަރު ނުވަނީސް ކޯޓުން ބޭރުން ކައިވެނި ކުރުވި ކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެމީހާ ހައްޔަރު ކުރީ ހަރުކަށި ފިކުރަށް ތާއީދުކޮށް އެފިކުރު ފެތުރުމާއި، ދަރިން ބެލުމުގައި އިހުމާލުވެ، އެކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުން މަހުރޫމުކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް