ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފައިސާ ނަގައިގެން ނުކުތް މީހަކު ރަހީނުކޮށް، އޭނާގެ އަތުން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފިއެވެ.
ފުލުހުން ބުނީ ރަހީނުކޮށްފައިވަނީ އެހެން ކުންފުންޏަކުން އެސްބީއައިއަށް ޗެކުތަކެއް ޖަމާކޮށް ފައިސާ ނަގައިގެން ނުކުތް ބިދޭސީ މުވައްޒަފެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފޭރިފައި ވަނީ ޓުއަރިޒަމް އޮޕަރޭޓްކުރާ ވިޔަފާރި ކުންފުންޏެއްގެ ފައިސާތަކެކެވެ.
އެ ބިދޭސީ މުވައްޒަފު މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ ރާއްޖޭގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން، ފޭރިފައިވަނީ 130،000 ރުފިޔާއެވެ.
އެ ފައިސާ ފޭރުނީ އެ ކުންފުނީގެ ބިދޭސީ މުވައްޒަފަކު އެސްބީއައި އިން ފައިސާ ނަގައިގެން ނުކުތްތަނުން ކާރެއްގައި ކައިރި ކުރި ބަޔަކު ގަދަކަމުން އެ މީހާ ކާރަށް އަރުވައި ރަހީނުކޮށް ތޫނު ހަތިޔާރުން ބިރުދައްކައިގެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް