މެންޗެސްޓަރ ސިޓީ ބަލިކޮށް ވުލްސް ތާވަލުގެ 5 ވަނައަށް ޖެހިލައިފި

ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް ވުލްސް ތާވަލުގެ 5 ވަނައަށް ޖެހިލައިފިއެވެ. ރޭ ވުލްވްސް އިން މެންޗެސްޓަރ ސިޓީގެ މައްޗަށް 3-2 އިންނެވެ. 30 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައަށް ވުލްވްސް އެރި އި...

28 Dec 2019 | 05:44

ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް ވުލްސް ތާވަލުގެ 5 ވަނައަށް ޖެހިލައިފިއެވެ.

ރޭ ވުލްވްސް އިން މެންޗެސްޓަރ ސިޓީގެ މައްޗަށް 3-2 އިންނެވެ.

30 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައަށް ވުލްވްސް އެރި އިރު، ސިޓީ އޮތީ 38 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. އަދި 39 ޕޮއިންޓާ އެކު ދެވަނައިގައި ލެސްޓަރ ސިޓީ އޮތް އިރު، އެއްވަނައިގައި 52 ޕޮއިންޓާ އެކު އޮތީ ލިވަޕޫލެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ 12 ވަނަ މިނެޓްގައި ސިޓީގެ ކީޕަރު އެޑަސަން ޕެނަލްޓީއޭރިއާގެ ބޭރުން ވުލްވްސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ.

މެޗުގެ 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރަހީމް ސްޓާލިން ވަނީ ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އިރު، 50 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ.

މި ގޯލަށްފަހު ސިޓީން ޑިފެންސިވް ކުޅުމަކަށް ބަދަލުކޮށްފައިވާ އިރު، ވުލްވްސްގެ ފުރަތަމަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓްރައޯރޭއެވެ. އަދި މެޗުގެ 82 ވަނަ މިނެޓްގައި އެޓީމު ދެވަނަ ގޯލު ޖެހީ ރައުލް ހިމިނޭޒް އެވެ.

މި މެޗުން އެޓީމު މޮޅުވި ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޮހާޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް