ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން އާއި ބޮލީވުޑް ބަތޮލު އާޔުޝް ޝަރުމާއަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ. ސަލްމާން ޚާންގެ އުފަން ދުވަހު ލިބުނު މި އަންހެން ދަރިއަށް އެ އާއިލާއިން ދީފައިވާ ނަމަކީ "އާޔަތު" އެވެ.
މިކަން ހާމަކޮށް އާޔުޝްމާން ޝަރްމާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ދެމަފިރިންގެ "ޕްރިންސަސް" އަތުވެއްޖެ ކަމަށާއި އެންމެންގެ ލޯތްބާއި އޯގާތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އެ ޕޯސްޓާއެކު އާންމުކުރި ފޮޓޯގައި އެ ކުއްޖާގެ ނަން ކަމުގައިވާ "އާޔަތު ޝަރުމާ" ލިޔެފައިވެއެވެ.
އަރްޕިތާ އާއި އާޔުޝްމާނަށް ދެވަނަ ދަރިއަކު ލިބިފައިވާއިރު އެ ދެމަފިރިންގެ ފިރިހެން ދަރި އާހިލް ޝަރްމާއަށް މިހާރު ތިން އަހަރު ވެއްޖެއެވެ.
ދާދިފަހުން މި އާއިލާ ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް