ލުޓޭރެއްގެ ވަޅީގެ ހަމަލާގައި މީހަކު ޒަހަމްވެއްޖެ

ފޭރުމެއްގެ ތެރެއިން މިރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ. ޒަހަމްކޮށްލާފައިވަނީ އުމުރުން 31 އަހަރުގެ މީހެކެވެ. އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ...

27 Dec 2019 | 19:19

ފޭރުމެއްގެ ތެރެއިން މިރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ޒަހަމްކޮށްލާފައިވަނީ އުމުރުން 31 އަހަރުގެ މީހެކެވެ. އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މިކަން ހިނގާފައިވަނީ މިރޭ 11:26 ހާއިރު ބޮޑުފުންގަނޑު މަގުގައެވެ.

"އޭނާއަށް އަނިޔާ ލިބިފައިވަނީ އޭނާގެ ވޮލެޓު ފޭރުމުގެ ތެރޭގައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގައި އޭނާގެ އަތުގެ ކުޑަހުޅުން މަތިން ދެ އިންޗި ނުވަތަ ތިން އިންޗި ފުންކޮށް ކަފާލާފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އަނިޔާ ލިބިފައިވާ މީހާ ކާނިވާ ކައިރިން ނަގައިގެން ގޮސް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ.

ފޭރުމެއްގެ ތެރެއިން މިރޭ މީހަކު ޒަހަމްކޮށްލާފައިވާއިރު ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައިވަނީވެސް ފޭރުމެއްގެ ތެރެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް