މިއަދު ކޮވިޑަށް ޕޮޒިޓިވް އަދަދު 100 އިން މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވީ 114 މީހުން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން 73 މީހުންނާއި މާލެއިން 25 މީހުން ނެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވް ވި އަދަދު 91،464 އަށް އަރާފައިވާ އިރު، މިވަގުތު މިބައްޔަށް 1،769 މީހަކަށް އަންނަނީ ފަރުވާދެމުން ނެވެ. މީގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 139 މީހުން ބަލިން ވަނީ ރަނގަޅުވެފަ އެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 89،434 އަށް އަރާފަ އެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،806 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފަ އެވެ.
މިބަލީގައި މިހާތަނަށް 248 މީހަކު ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް