ބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު މުރާޖާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު މުރާޖާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމްކޮށްގެން ޝައިން ޓްރީ ބިލް...

28 Nov 2021 | 16:09

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު މުރާޖާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމްކޮށްގެން ޝައިން ޓްރީ ބިލްޑިންގ ގައި ބޭއްވި މި މަސައްކަތު ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ސެޓޭޓް ފޮރ ހެލްތު ޑރ. ޝާހް އަބްދުﷲ މާހިރު އެވެ.

މި މަސައްކަތު ބައްދަލުވުމަކީ، 2017-2026 އަށް އެކުލަވާލާފައިވާ ކާބޯތަކެތީގެ ރައްކާތެރި ކަމާބެހޭ ސިޔާސަތު މުރާޖާކުރުމެވެ. 10 އަހަރުގެ މުއްދަތަށް އެކުލަވާލާފައިވާ މިސިޔާސަތު އިފްތިތާޙުކޮށްފައި ވަނީ 16 އޮކްޓޫބަރު 2016 ގައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު އަކީ، ދިވެހިރާއްޖޭގައި ދިމާވާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ މައްސަލަތައް އެކަށީގެންވާގޮތުގައި ހައްލުކުރުމަށްޓަކައި ބޭނުންވާ މުހިންމު ސިޔާސަތެކެވެ.

މި  ސިޔާސަތުގެ މައިގަނޑު އަސާސްތައް ބިނާކޮށްފައިވަނީ ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުން ހިމެނޭގޮތަށް ކާބޯތަކެތި އުފައްދާ ޑިސްޓްރިބިޔުޓް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

މިގޮތުން މި ބައްދަލުވުމުގެ މަގުސަދަކީ،  ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ދާއިރާއަށް އަންނަ ބަދަލުތަކާއި ގުޅިގެން ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ،އެ ބަދަލުތަކަށް އަހުލުވެރިވުމާއި، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުން 40 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް