އިސްމާއިލް ޝައްފާން މަރާަލި މައްސަލައިގަ ހަތަރު މީހަކު އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އުމުރުން14 އަހަރުގއި ޝައްފާން މަރާލީ މާލޭ އޮޓޯ ގަރާޖު ކައިރީގަ 2018 ވަނަ އަހަރުގެ އޮކްޓޯބަރު11 ވަނަ ދުވަހުގެ ރޭ ދަންވަަރު އެވެ. އޭނާ ކަރަށް ވަޅި ހަރައި މަރާލީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެވެ.
މި މައްސަލައިގަ ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު އާއި ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހު، ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމް އާއި ދެކޮޅަށެވެ.
އޭގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލުމުގެ ދައުވާ އުފުލީ ނިހާދު އާއި ޖައިލަމްގެ މައްޗަށެވެ. ހަމަލާ ދިނީ އެ މީހުން ކަމަށާއި އެ މީހުން ފިލީ ނަބާހު އާއި އައިމަން ދުއްވި ސައިކަލުތަކުގައި ކަމަށް ދައުލަތުން ބުނެ އެވެ. އެހެންވެ، ނަބާހު އާއި އައިމަން އަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިއަދުގެ ޝަރީއަތުގައި ނިންމާފައިވަނީ ލިބިފައި ހުރި ހެކިތަކަށް ބަލައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތު ނުވި ނަމަވެސް، އެ މީހުންގެ މައްޗަށް މީހަކު މެރުމުގެ ބައިވެރުވުމުގެ ކުށުގެ ދައުވާ ސާބިތުވާ ވަރަށް ހެކި ހުރި ކަމަށެވެ. އުމުރު ދުވަހަށް ޖަލަށްލާން ހުކުމް ކުރުމުން އެ މީހުން ބަންދުގައި ތިބި މުއްދަތު އުނި ކުރުމުން އެ މީހުން ބަންދުގައި ތިބެން ޖެހޭނީ 21 އަހަރާއި 10 މަހާއި 25 ދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް