އައިޖީއެމްއެޗުގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން ހަދިޔާ ދޭން ފަށައިފި

އައިޖީއެމްއެޗުގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން ގިފްޓް ހެމްޕާ ދޭން ފަށައިފި އެވެ. އެ ކުންފުނިން ދޭ ގިފްޓް ހެމްޕާގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. މ...

28 Nov 2021 | 11:27

އައިޖީއެމްއެޗުގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން ގިފްޓް ހެމްޕާ ދޭން ފަށައިފި އެވެ.

އެ ކުންފުނިން ދޭ ގިފްޓް ހެމްޕާގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. މިއީ އެ ބްރޭންޑުން އަލަށް ތައާރަފު ކުރި އުފެއްދުންތަކެކެވެ.

ޕިޔުރިޓީ ބްރޭންޑްގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް އަރާމު ލިއްބައިދޭ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ އުފެއްދުމެކެވެ. މިއީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ އިތުބާރުކުރެވޭ ބްރޭންޑެކެވެ.

މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އުފަންވާ ކުދިންގެ އާއިލާތަކަށް ލިބޭނެހެން ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓޯއިން ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށްވެސް ގިފްޓް ހެމްޕާ ދޭން ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް