ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިތުރު ހަތަރު މަންޒިލަކަށް ދަތުރު ފެށުމަށް ނިންމައިފި އެވެ.
ކޯވިޑާއި ގުޅިގެން މެދުކަނޑާލި އިރު ދަތުރު ކުރަނީ ގަމުން ސްރީލަންކާގެ ކޮލަމްބޯއަށް އެކަންޏެވެ. އަލުން އެ ދަތުރުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި ދަތުރުތަކާއި އެކު ގަމުން ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ ފްރެންކްފަޓަށާއި ނޭޕާލްގެ ކަތަމަންޑުއަށާއި ދުބާއީ އަދި ފްރާންސުގެ ޕެރިސް އަށެވެ. މި ދަތުރުތައް ކުރާނީ ކޮލަމްބޯއަށް ޓްރާންސިޓްވެފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ދަތުރު ކުރަނީ މޯލްޑިވިއަންއިން އެކަންޏެވެ. އެކަަމަކު އެހެން އެއާލައިންތަކަކުން އެ އެއާޕޯޓަށް ދަތުރު ފެށުމަށް
މަޝްވަރާ ކުރަމުންދާ ކަމަށް އެ އެއާޕޯޓުން މީޑިއާގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް