ކޮވިޑްގެ އައު ވޭރިއަންޓާ ގުޅިގެން މުޅި ދުނިޔެ މިވަނީ ކުއްލި ސަމާލުކަމަކަށް އައިސްފައެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ އެތައް ގައުމަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ. ރާއްޖެއިންވެސް މިވަނީ ކުއްލި ސަމާލުކަމަކަށް އައިސް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ.
މިހާރު ކުރިއަށްއެދާ ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާވެސް މިވަނީ ބޮޑު ކަމެއް ފާހަގަކުރައްވާފައެވެ. ޑރ. ނަޒްލާވެސް ވިދާޅުވީ މި ވޭރިއަންޓަކީ އެޗްއައިވީ (އެއިޑްސް) ޖެހި އެކަން ދެނެ ނުގަނެވި ހުރި މީހެއްގެ ހަށިގަނޑުގެ ތެރޭގައި ގިނަ ދުވަހު އުޅެ އިތުރަށް ބާރުގަދަވެގެން ނިކުތް ވޭރިއަންޓެއް ކަމުގައި ބެލެވޭކަމަށެވެ.
ބޭރުގެ ބޮޑެތި މީޑިއާތަކުގައިވެސް މިވާހަކަ މިގޮތަށް ރިޕޯޓްކޮށްފައި އެބަވެއެވެ. މިހެން ރިޕޯޓްކޮށްފައިވަނީ ސައިންވެރިންނާއި ހަވާލާދީއެވެ. ނަމަވެސް މިއީ އަދި މިގޮތަށް ނިންމީ ނޫން ކަމަށާއި މިވެސް ކުރެވޭ ބޮޑު އަންދާޒާއެއް ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ފާހަގަކުރެއްވީ މިއީ އެންމެ ނުރައްކާ ވޭރިއަންޓްކަމުގައި މިހާރު ބެލެވިފައިވާކަަމާއި ނަމަވެސް އަދި ރަނގަޅަށް މި ވޭރިއަންޓާއިބެހޭ އެންމެ ފުރިހަމަ މައުލޫމާތު ލިބެން ދެތިން ހަފްތާއެއްވަރު ނަގާނެ ކަމުގައި ބެލެވޭކަމަށެވެ. އެހެންނަމަވެސް ކުއްލިއަކަށް މިހާ ބޮޑެތި ފިޔަވަޅުތަކެއް ގައުމުތަކުން އަޅަމުންމިދަނީ މި ވޭރިއަންޓުގެ ނުރައްކާތެރިކަން ބޮޑުކަމުން ކަމުގައި ބެލެވޭކަމަށްެެވެސް ނަޒްލާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް