އޮމިކްރޯނުން ރައްކާތެރިވުމަށް ރައީސް އެޅުއްވި ފިޔަވަޅުތައް ފުރިހަމަ: ޑރ. މައުސޫމް

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އައު ވޭރިއެންޓް އޮމިކްރޯން އިން ރައްކާތެރި ވުމަށް ރައީސް އެޅުއްވި ފިޔަވަޅުތައް ފުރިހަމަ ކަމުގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މަ...

28 Nov 2021 | 07:01

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އައު ވޭރިއެންޓް އޮމިކްރޯން އިން ރައްކާތެރި ވުމަށް ރައީސް އެޅުއްވި ފިޔަވަޅުތައް ފުރިހަމަ ކަމުގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ކޮވިޑްގެ އައު ވޭރިއެންޓް، އޮމިކްރޯން އިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖެއިންވެސް ފިޔަވަޅުތައް ހަރުކަށިކުރުމާއި ގުޅިގެންނެވެ.

https://twitter.com/Mausoom_Maus/status/1464531858222293001?s=20

މިގޮތުން، މި ވޭރިއަންޓް އާއި ދެކޮޅަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، ބައެއް ސަރަހައްދުތައް ހިމެނޭހެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި، ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ހިދުމަތްތެރިންގެ އިތުރުން ޓޫރިޒަމް ސެކްޓަރގެ މުވައްޒަފުންނަށް މި ހަފްތާގެ ތެރޭގައި ބޫސްޓަރ ޑޯޒު ދޭން ފަށާނެ ކަމަށާއި، އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒު ޖަހަން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް މިކަމަށް އިޝާރަތް ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ޓުއަރިޒަމް ސެކްޓާގެ މުވައްޒަފުންނަށް  ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒު ދިނުމަށް ނިންމެވުމަކީ ފުރިހަމަ ނިންމެވުމެއް ކަމުގައެވެ.

ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓެއް ފެނިފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ދެކުނު އެފްރިކާއިންނެވެ. މި ވޭރިއެންޓަކީ ކަންބޮޑުވާންޖެހޭ ފަދަ ނުރައްކާތެރި ވޭރިއެންޓެއް ކަމުގައި ބެލުމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާއިން އަންގާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް