ތިލަފުށީ ފަޅުގައި އިންސާނުންނަށް ނުރައްކާވާ ކެމިކަލް ހުރިތޯ ދިރާސާ ކުރަނީ

ކ. ތިލަފުށީ ފަރުގެ ސަރަހައްދުގައި އިންސާނުންނަށް ނުރައްކާވާ ކެމިކަލެއް ހުރިތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެންވާރްމަންޓ...

28 Nov 2021 | 06:45

ކ. ތިލަފުށީ ފަރުގެ ސަރަހައްދުގައި އިންސާނުންނަށް ނުރައްކާވާ ކެމިކަލެއް ހުރިތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންވާރްމަންޓް މިނިސްޓްރީން ކުރެއްވި އިއުލާނުގައި ވިދާޅުވީ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް"  ޕްރޮޖެކްޓްގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް  ހުރި މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ފަރުމާކޮށް ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމުގައެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި ދިރާސާ ކުރުމަށްޓަކައި ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމަށްޓަކައި، ދާއިރާއާއި ގުޅުން ހުރި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

މި މަސައްކަތުގެ އިސްލާހުކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް"  އެ އިއުލާނުގައި ހިމަނާފައިވެއެވެ. އަދި މި ކަމަމާއި ގުޅޭ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓު އިން www.environment.gov.mvލިބެން ހުންނާނެއެވެ.

އެންވާރްމަންޓް މިނިސްްޓްރީން ވިދާޅުވީ މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، [email protected]އަށެވެ.

ބީލަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ ހައެއް ޑިސެމްބަރ 2021 ވާ ހޯމަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ރިސެޕްޝަނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް