ފަޅުރަށަކަށްދިޔަ ދެމީހަކު ހަބަރެއްނުވެގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފި

ގދ. އަތޮޅުގައި ފަޅުރަށަަކަށްދިޔަ ދެމީހެއްގެ ހަބަރެއް ނުވެގެން، ފުލުހުންނާއި ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ނޭޝަނަލް...

28 Nov 2021 | 01:02

ގދ. އަތޮޅުގައި ފަޅުރަށަަކަށްދިޔަ ދެމީހެއްގެ ހަބަރެއް ނުވެގެން، ފުލުހުންނާއި ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) ވިދާޅުވެފައިވަނީ ގދ.މާވަރުލުއާއި ގދ.ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ޑިންގީއެއްގައި އިއްޔެ ހެނދުނު ދިޔަ ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރަމުން ގެންދިޔަ ކަމަށެވެ. މިކަމުގެ މަޢުލޫމާތު ލިބުނީ ރޭ 22:03 ހާއިރު ކަމަށް ބުނެފައިވެއެވެ.

ބޮއްކުރައެއްގައި ފަޅުރަށަކަށްދިޔަފަހުން ހަބަރެއްނުވެގެން ހޯދަމުންދިޔައީ އުމުރުން 79 އަހަރުގެ އަބްދުއްރަހީމް ނަމަކަށްކިޔާ މީހަކާއި އުމުރުން 70 އަހަރުގެ ހަސަން މަޖްދީ ނަމަކަށްކިޔާ މީހެކެވެ. މި ދެމީހުންނަކީވެސް ގދ. ގައްދުއަށް ނިސްބަތްވާ ދެމީހުންނެވެ.

މި ދެމީހުން ގެއްލިގެން ހޯދަމުންދަނިކޮށް މި ދެމީހުން ފެނިފައިވަނީ ހުޅުމާވަރުލު ކިޔާ ފަޅު ރަށެއްގައި ތިއްބާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

"ދިޔަވަރު ހިކިފަ އޮތުމާއެކު ދަތުރުނުކުރެވިގެން ދިޔަވަރު ބޮޑުވަންދެން އެމީހުންތިބީ އެރަށުގައި މަޑުކޮށްގެން" އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް