ހިތާއި ބަނޑު ފުރެންދެން ކާލައިގެން ޖީބަށް ދޮންކަޅުމިންވެސް އަންގައިނުލާ ނިންމާލަން ބޭނުންތޯއެވެ؟ އުނިމާ ގްރޭންޑުން މިވަނީ މިފަދަ ޕްރޮމޯޝަނެއް ފަށާފައެވެ.
އުނިމާ ގްރޭންޑުން ބުނެފައިވާގޮތުގައި މި ފުރުސަތަކީ ކެއުމަށް ފޮޓޯއަކުން ޕޭކޮށްލުމަށް ލިބިގެންދާ ފުރުސަތެކެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ ރޭ 07:30 އިން 11:30 އަށެވެ. އޯޑަރު ކުރެއްވުމަށްފަހު ކެއުމަށް އިންސާފުކުރައްވާއިރު ފޮޓޯއެއް ނެންގެވުމަށްފަހު Unimafoods# އަދި UnimaGrand# ޖައްސަވައި ފޮޓޯ އިންސްޓާގްރާމަށް އަޕްލޯޑް ކޮށްލުމުން "ބޫމް" އެ ހިސާބުން ބިލު ދެއްކުނީ ކަމަށް އުނިމާ ގްރޭންޑުން ބުނެއެވެ.
މި ޕްރޮމޯޝަންގައި ފޮޓޯއަކުން ބިލު ކަނޑާލުމުގެ ފުރުސަތު ލިބިގެންދާނީ މި ޕްރޮމޯޝަން ކުރިއަށްދާއިރު މި ޕްރޮމޯޝަންގައި ބައިވެރިވާ އެންމެ ފުރަތަމަ 140 ކަސްޓަމަރުންނަށް ކަމަށްވެސް އުނިމާ ގްރޭންޑުން ބުނެއެވެ.
މިއީ ހަމަ ރަނގަޅަށްވެސް ހިތާއި ބަނޑު ފުރެންދެން ރަހަމީރު ކެއުމަށް ކާލައި ޖީބަށް ދޮންކަޅުމިންވެސް އަންގައިނުލާ ނިންމާލެވިދާނެފަދަ ޕްރޮމޯޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް