ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރުގެ މަގާމާއި ދެ ފަނޑިޔާރެއްގެ މަގާމާއެކު ޖުމްލަ ތިން މަގާމު ހުސްވެފައިވާއިރު އެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުއްވައިފިއެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރު ކަމަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަޔއްނަ ކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް މިއަދު ރައީސް ސޯލިހް މިވަނީ އެދިލައްވާފައެވެ.
ރައީސް ސޯލިހް މިކަން ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/ibusolih/status/1200041490963058690
ރައީސް ސޯލިހް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް ޖޭއެސްސީއަށް ފޮނުއްވާފައިވާއިރު، ޖޭއެސްސީންވެސް ވަނީ އެ މަގާމުތަކަށް ކުރިމަތިލުމށް މިހާރު ހުޅުވާލާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑީޔާރުކަމަށް ބޭފުޅުން އައްޔަންކުރަންވާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް ކަމަށް ގާނޫނު އަސާސީ ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް