މަންޓާ އެއާއިން އެ އެއާލައިންގެ ތިންވަނަ ކޮމާޝަލް މަންޒިލަކީ ގއ. ކޫއްޑޫ ކަމުގައި ނިންމާ އެކަން އިއުލާނުކޮށްފައިވާއިރު ފުރަތަމަ ދެމަހަށް ވަރަށް ހާއްސަ އަގުތަކަކާއެކު ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮމޯޝަންގައި ހަތް ދުވަސް ކުރިން ޓިކެޓް ނަންގަވާނަމަ 829 ރުފިޔާއަށް ޓިކެޓް ބައްލަވައިގަނެވޭނެއެވެ. ހަތަރު ދުވަސް ކުރިން ޓިކެޓް ބައްލަވައިގަންނަވާނަމަ 829 ރުފިޔާއަށް ޓިކެޓް ބައްލަވައިގަނެވޭނެއެވެ. މި ޕްރޮމޯޝަނަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ޕްރޮމޯޝަނެއް ކަމުގައި މަންޓާ އެއާއިން ބުނެއެވެ.
މަންޓާއިން އިއްޔެ ބުނެފައިވާގޮތުގައި އާދީއްތަ ދުވަހުން ފެށިގެން މަންޓާ އެއާގެ ޝެޑިއުލް ދަތުރުތައް ކޫއްޑޫއަށް ކުރަން ފަށާނެއެވެ.
މަންޓާ އެއާއިން ކޫއްޑޫގެ އިތުރުން ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ އަނެއް ދެ މަންޒިލަކީ ދަރަވަންދޫ އަދި ކުޑަހުވަދޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް