ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން ފަސްނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ގަނޫނީ ވަކީލުންގެ ޓީމުން، ހުކުމް އިއްވުން ލަސްކޮށްދިނުމަށް ކްރިމިނަލް ކޯޓްގައި އެދުނީ އެ މައްސަލަ އާއި ގުޅިގެން ހުރި ޤާނޫނީ ކަންކަން ފާހަގަކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވުމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް ކުރުމުގެ މަޖިލިސް ތާވަލު ކޮށްފައިވަނީ މިއަދު މެންދުރު 1:30 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް