މަހްލޫފު ޔާމީނަށް: ދިން އަނިޔާ ހިތުން ނުފޮހެވޭނެ އެކަމަކު ޒާތީ ކަމެއް ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިން ހިތްދަތި އަނިޔާ ހިތުން ނުފިލާނެ ކަމަށާއި އެހެން ނަމަވެސް ހިތުގައި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފު އެފަދަ...

28 Nov 2019 | 07:05

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިން ހިތްދަތި އަނިޔާ ހިތުން ނުފިލާނެ ކަމަށާއި އެހެން ނަމަވެސް ހިތުގައި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފު އެފަދައިން ވިދާޅުވީ ރޭ ރައީސް ޔާމީން، އެބޭފުޅާގެ ނަން ރައްޔިތުންގެ ހިތުން ދުވަހަކުވެސް ފޮހެނުލަމަށް ބުނެ ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާ ނުލައި ވެސް ޕާޓީ ހިފެހެއްޓެން ޖެހޭނެ ކަމަށާއި އެގޮތުން ޕާޓީ ހިފެހެއްޓޭ ކަމަށްވާނަމަ އެއްވެސް މީހަކު އެޕާޓީން ވަކިވެގެންދިޔަ ދީގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް