މި އަހަރުގެ 2 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން މީރާއިން އާންމުކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ ލިސްޓުގައި 202 ފަރާތެއްގެ ނަން ވަނީ އާންމުކޮށްފައެވެ. މި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މާލެ، ވިލިނގިލި، ހުލުމާލެ، އަދި ޓޫރިސްޓް ރިސޯޓުތަކުގައި ވިޔަފާރިކުރާ ފަރާތްތަކެވެ.
އަހަރަކު ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުން ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް މީރާއިން މިހާރު ވަނީ ހަމަޖައްސާފައެވެ.
މީރާއިން ބުނީ މި ފަރާތްތަކުގެ ނަން އާންމުކޮށްފައިވަނީ އެ ކުންފުނީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް