ތައިލެންޑްގެ ފެޝަން ޝޯއެއްގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ. ރާއްޖެ އިޝްތިހާރުކޮށްފައިވަނީ ތައި ފެޝަން ހަފްތާ އަދި ގްރޭންޑް ފެޝަން އެކްސްޓްރާވެގަންޒާގައެވެ.
ސެންޓްރަލް ވޯލްޑް ޝޮޕިން ސެންޓަރުގައި އޮތް ފެޝަން ޝޯ ގައި ރާއްޖޭގެ ދެ ފެޝަން ޑިޒައިނަރެއް ކަމުގައިވާ މޫނިސާ ލުތުފީއާއި އާސިޔަތް ޝިމްލާ ފަރުމާކޮށްފައިވާ ހެދުންތަކެއް ވަނީ ދައްކާލާފައެވެ.
ރާއްޖެއިން ތައި ފެޝަން ހަފްތާގައި ބައްވެރިވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް ވެދެއްވީ ބެންކްކޮކްގައި ހުންނަ ރާއްޖޭގެ އެންބަސީގެ ފަރާތުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި މަހުގެ 18 އިން 21 އަށް ތައިލަންޑުގެ ވެރިރަށް ބެންކޮކްގައި އޮތް ތައި ސިލްކް ފެޝަން ހަފްތާ އަދި 23 ވަނަ ދުވަހު އޮތް ގްރޭންޑް ފެޝަން އެކްސްޓްރާވެގަންޒާ ގައި ދުނިޔޭގެ 71 ޤައުމު ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް