ފޮރިން މިނިސްޓަރު ޝާހިދު ފިންލޭންޑަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ފިންލޭންޑަށް ވަޑައިގެންފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރިޕޯޓްކޮށްފައިވާގޮތުގައި ފޮރިން މިނިސްޓަރ ފިންލެ...

28 Nov 2019 | 06:01

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ފިންލޭންޑަށް ވަޑައިގެންފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރިޕޯޓްކޮށްފައިވާގޮތުގައި ފޮރިން މިނިސްޓަރ ފިންލެންޑަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފިންލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރްރީ ކަމަރައިނެންއެވެ.

ޝާހިދުގެ ދަތުރުފުޅުގައި ފިންލެންޑުގެ ފޮރިން މިނިސްޓަރ ޕެކްކާ ހާވިސްޓޯއާއި އެޑިއުކޭޝަން މިނިސްޓަރ ލީ އެންޑަރސަންއާ ބައްދަލުކުރައްވާ އިތުރު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މިބޭފުޅުންގެ އިތުރުން ފިންލެންޑުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނޭކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވާކަމަށް ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވެއެވެ.

ފޮރިން މިނިސްޓަރ ފިންލެންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް، މިިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު އިއާދު ހަމީދު އަދި ފިންލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް