މަގާމުން ދުރުކުރަން އުޅެނީ އިޖުރާއަތުތަކާ ހިލާފަށް: ބިޝާމް

ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމުން އާއިޝަތު ބިޝާމް ދުރުކުރަން އުޅެނީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ނެރެފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ބިޝ...

28 Nov 2019 | 05:51

ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމުން އާއިޝަތު ބިޝާމް ދުރުކުރަން އުޅެނީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ނެރެފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބިޝާމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި ކަންކަމުގެ ތެރޭގައި އޭނާ މަގާމުން ވަކިކުރުން އޮތްކަން މީގެ ކުރިން އޭނާއަށް އަންގާފައިނުވާކަމަށެވެ. ޖަވާބުދާރީ ވުމަށް މަޖިލީހަށް ހާޒިރުވާން ސިޓީ ފޮނުވި ނަމަވެސް ޖަވާބުދާރީ ވާންޖެހެނީ ކޮންކަމަކާ ގުޅިގެންކަން ބަޔާންކޮށްފައިނުވާކަމަށެވެ.

މުސްތަގިއްލު ކޮމިޝަންތަކުގެ މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމަކީ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ "އެހެނިހެން އައިޓަމްގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާވަރަށްވުރެ ބޮޑެތް ކަންކަން ކަމުގައިވެސް ބިޝާމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މަޤާމުން އޭނާ ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަށާފައިވާ އިޖުރާއަތުތަކަކީ އިހްލާސްތެރި ނިޔަތުގައި ކުރިއަށްގެންދާ ކަމެއްކަމުގައި ނުދެކޭކަމަށެވެ. އަދި އެކަންކަމަކީ ޤާނޫނުއަސާސީގެ ނައްސާއި ރޫހާއެއްގޮތަށް ކުރިއަށްގެންދާ އިޖުރާއަތްތަކެއްކަމުގައި ޤަބޫލުނުކުރާކަމަށެވެ.

ބިޝާމް ޕީޖީ ކަމަށް އައްޔަންކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 24 ނޮވެމްބަރު 2015ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް