އަންހެނުންނަށް ޗޮކޮލެޓު ދިނުމަކީ ސަވާބު ލިބޭ ކަމެއް: ޝައިޚް މުޖުތަބާ ހަމީދު

އަންހެނުންނަށް ޗޮކޮލެޓު ދިނުމަކީ ސަވާބު ލިބޭ ކަމެއްކަން ޝައިޚް މުޖުތަބާ ހަމީދު ހަނދުމަކޮށްދީފިއެވެ. މިކަން ޝައިޚް ހަނދުމަކޮށްދިނީ ޖަމުޢިއްޔަތުއް ސަލަފާއި ޖަމުޢިއްޔަތުއް އިންތިބާހް ގުޅިގެން ގެނެސްދީފައ...

28 Oct 2025 | 14:44
ޝައިޚް މުޖުތަބާ ހަމީދު -

ޝައިޚް މުޖުތަބާ ހަމީދު -

އަންހެނުންނަށް ޗޮކޮލެޓު ދިނުމަކީ ސަވާބު ލިބޭ

ކަމެއްކަން ޝައިޚް މުޖުތަބާ ހަމީދު ހަނދުމަކޮށްދީފިއެވެ.

މިކަން ޝައިޚް ހަނދުމަކޮށްދިނީ ޖަމުޢިއްޔަތުއް

ސަލަފާއި ޖަމުޢިއްޔަތުއް އިންތިބާހް ގުޅިގެން ގެނެސްދީފައިވާ ރީލެއްގައެވެ.

އެ ރީލްގައި، އަންހެނުންނަށް ޗޮކޮލެޓެއް ގަނެގެން

ސައިކަލެއްގައި ދާ މީހަކާ މުހާތަބުކޮށް ދެއްކި ވާހަކައިގާ ޝައިޚް ބުނެދެއްވީ އަނބިދަރީންނަށްޓަކާ

ކުރާ ހޭދައަކީ އެއީ އިސްލާމްދީނުގަ ވަރަށް މަތިވެރި ކަމެއް ކަމަށެވެ.

"ރަސޫލު صَلَّى ٱللّٰهُ عَلَيْهِ

وَسَلَّمَ ހަދީސް ކުރައްވަނީ ﷲގެ މަގުގަ ޖިހާދުކުރަން ކުރާ ހޭދަކުރާ

ދީނާރާ ސަދަގާތެއްގެ ގޮތުގަ ހޭދަކުރާ ދީނާރާ އަނބިމީހާއަށްޓަކާ ހޭދަކުރާ ދީނާރާ މި

ތިން ދީނާރުގެ ތެރެއިން ﷲގެ ހަޒްރަތުގަ އެންމެ މަތިވެރިވެގެންވަނީ އަނބިމީހާއަށްޓަކާ

ކުރާ ހޭދައޭ" ޝައިޚް ބުނެދެއްވިއެވެ.

އެހެންކަމުން އެ މަގުން ބަލާއިރު އެހެންވީމަ

އަންހެނުންނަށް ޗޮކޮލެޓު ދިނުމަކީ ސަވާބު ލިބޭ ކަމެއްކަން ޝައިޚް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް