ކަރަންޓު ސޯޓެއް ވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެ، މާލޭ ހުކުރު މިސްކިތުގައި ވަނީ އަލިފާނުގެ ޙާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާ ހިންގާފަައިވަނީ މިރޭ 20:50 ހާއިރު އެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވިނަމަވެސް، މިސްކިތުގެ ހިރިގަލަށާއި މަތިވަޑާންގަނޑަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަ އެވެ.
ސަގާފީ ތަރިކަ ހިމާޔަތް ކުރާ ވުޒާރާ އިން ބުނީ މިސްކިތް ބޭނުންކުރާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުނިޔޭގެ ތަރިކައިގެ މަރުކަޒާއި މާލޭ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މަޝްވަރާ ކުރުމަށްފަހު، މިހާރުން ފެށިގެން ތަނުގެ ކަރަންޓު ވަޔަރިންގ ހުރި ޙާލަތު ބަލައި ތަން ބޭނުންކުރުން ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވަގުތީ ގޮތުން މާލޭ ހުކުރު މިސްކިތް އާންމުންނަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މާދަމާގެ ހުކުރު ނަމާދު ވެސް އެ މިސްކިތުގައި ނުކުރާނެ އެވެ.
މިސްކިތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ވީ އެންމެ އަވަހަކަށް މިސްކިތް އަލުން ހުޅުވާލާނެ ކަމަށާއި ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ރައްޔިތުންގެ ފަރާތުން އެ މަރުކަޒަށް ލިބެމުންދާ އެއްބާރުލުމަށް މި ފުރުޞަތުގައި ޝުކުރު ދަންނަވާ ކަމަށް ވެއސް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް