ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް އައްޑު ސިޓީ ކައުންސިލަރުން ނައިބު ރައީސް އާ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީ ކައުންސިލަށް މިއަދު ޒިޔާރަތް ކުރައްވައި، އައްޑޫ ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި އެވެ. ކައުންސިލަރުންނާއި ބައްދ...

28 Oct 2021 | 17:56

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީ ކައުންސިލަށް މިއަދު ޒިޔާރަތް ކުރައްވައި، އައްޑޫ ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި އެވެ.

ކައުންސިލަރުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބަދަލުވެގެންދާނީ ރައްޔިތުންނާއި ގާތުން ދެވޭ ޚިދުމަތްތަކަކަށް ކަމުގައި ވިދާޅުވި އެވެ.

އެގޮތުން ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންތައްތައް ފާހަގަކޮށް އެކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީ ކައުންސިލަރުން ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި

އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެ ކައުންސިލަށް ދިމާވެފައިވާ އިންސާނީ ވަޞީލަތްތަކާއި ބަޖެޓުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުން އައްޑޫ ސިޓީގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އުފެދިގެން އަންނަ ވަޒީފާތަކަށް ފުރުޞަތު ދިނުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދިނުމަށް ކައުންސިލަރުން ދެންނެވި އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ހައްލެއް ހޯއްދެވުމަށް ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނާއިއެކު އިތުރު ބައްދަލުވުންތަކެއް ރާވައިގެން، އެ މައްސަލަތަކަށް ހައްލެއް ހޯއްދަވަން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް