މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑުކުރިކަން އެނގިފައިނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށެވެ. އަދި ސޯޝަލްމީޑިއާގައި ފަތުރަނީ ދޮގު ވާހަކައެއްކަން ބޭންކުގެ ހިއްސާދާރުންނަށާއި ކަސްޓަމަރުންނަށް އަންގާ ކަމަށެވެ.
ދިވެހި ސަރުކާރާއި އައިސީޑީ ގުޅިގެން 2011 ވަނަ އަހަރު އުފެއްދި އެމްއައިބީ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް ކުންފުންޏެކެވެ. އެ ބޭންކުން ވަނީ ކުންފުނީގެ 31 ޕަސެންޓު ހިއްސާ އާއްމުންނަށް ވިއްކާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް