އަންނަ ނޮވެމްބަރު މަހު ފަށާ ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް

އަންނަ ނޮވެމްބަރު މަހު ފަށާ ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ. ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ޕްލެޓިނަމް ...

28 Oct 2021 | 17:17

އަންނަ ނޮވެމްބަރު މަހު ފަށާ ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރގެ ފަހުމުނާމައިގާ އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިންގ މެނޭޖަރު ނޫރާ ޒާހިރެވެ. ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރމަން އިބްރާހިމް އަޝްރަފެވެ.

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެބޮޑު މުބާރާތް ބާއްވަމުން އަންނަތާ 14 އަހަރު ވެފައިވާ އިރު، ފައިބެއަހަރު މި މުބާރާތް ނުބޭއްވުނީ ކޮވިޑުގެ ސަބަބުން ނެވެ.

މިއަހަރުގެ މުބާރާތުގައި ވެސް ފިރިހެން ޑިވިޝަނަށް ހުޅުވާލާފައިވަނީ 32 ޓީމަށެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލް އިން ނެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް