ރަޖިނީކާންތް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި ޕޮލިޓީޝަން ރަޖިނީކާންތް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ. އުމުރުން 70 އަހަރުގެ ރަޖިނީކާންތް އެޑްމިޓްކުރީ ޗެންނާއީގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ކައުވެރީ ހޮސްޕިޓަ...

28 Oct 2021 | 16:37

އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި ޕޮލިޓީޝަން ރަޖިނީކާންތް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

އުމުރުން 70 އަހަރުގެ ރަޖިނީކާންތް އެޑްމިޓްކުރީ ޗެންނާއީގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ކައުވެރީ ހޮސްޕިޓަލްގައި އެވެ. އޭނާގެ ތަރުޖަމާނު ރިއާޒް ކޭ އަހުމަދު މީޑިއާގައި ބުނީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށާއި ރަޖިނީކާންތް އެޑްމިޓް ކުރީ ސިއްހީ ހާލަތު ހުރިގޮތުގެ އާންމު ޓެސްޓުތަކެއް ހަދާލަން ކަމަށެވެ.

އެކްޓަރު އުމުރުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލަތު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންނެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައިދަރްއާބާދުގައި އޮތް ފިލްމު ޝޫޓިންއެއްގެ ތެރެއިން ލޭގެ ޕްރެޝަރު ދަށްވެ އަނބުރައިގަނެގެން ވެއްޓިފައިވެ އެވެ. އެފަހަރު ދެ ދުވަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެ އެވެ.

ވަރަށް ފަހުން ރަޖިނީކާންތު ވަނީ ކިޑްނީވެސް ބަދަލުކޮށްފަ އެވެ.

ސިއްހީ ހާލަތު ތަން ނުދޭތީ މިއަހަރު އޭނާ އުފައްދަން ނިންމި ސިޔާސީ ޕާޓީވެސް ނުހަދާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ. ރަޖިނީކާންތު މަސައްކަތް ކުރީ މިއަހަރު އޮންނަ ޓަމިލް ނާޑޫ މަޖިލީސް އިންތިހާބުގެ ކުރިން ސިޔާސީ ޕާޓި އުފައްދާށެވެ.

އެކަމަކު ފަހުން ބުނެފައިވަނީ ކިތަންމެ ބޭނުންވިޔަސް އުމުރުން ދޮށީވުމުގެ ސަބަބުން ދިމާވަމުންދާ ސިއްހީ މައްސަލަތަކުގެ ސަބަބުން މިހާރު ބޮޑު އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް