ޑްރައިވިންގ ޓެސްޓު ހެދުމަށް ހުޅުމާލެ ފޭސް 1 ގައި ބިމެއް ޚާއްސަކޮށްފި

ޑްރައިވިންގ ޓެސްޓު ހެދުމަށް ހުޅުމާލެ ފޭސް 1 ގައި ބިމެއް ޚާއްސަކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ހުޅުމާލެ ލޮޓް ނަމްބަރު 10909 ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް...

28 Oct 2021 | 15:54

ޑްރައިވިންގ ޓެސްޓު ހެދުމަށް ހުޅުމާލެ ފޭސް 1 ގައި ބިމެއް ޚާއްސަކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ހުޅުމާލެ ލޮޓް ނަމްބަރު 10909 ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ ޕޯޓް އާއި ޖެހިގެން އޮންނަ 20،163.58 އަކަފޫޓުގެ ބިމެކެވެ.

މި ބިން ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާ އެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މިހާރު ލައިސަންސް ނެގުމަށް ބޭނުންކުރަމުންދާ ސަރަހައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށެވެ. އަދި ހުޅުމާލޭގައި ޤާއިމުކުރެވިގެންދާ މި ސަރަހައްދުން މި ހުރިހާ ކަމަކަށްވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

އެޗްޑީސީން ބުނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް