ޓުއަރ ގައިޑަކަށް ވެގެން ފައިސާ ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ބަންގްލަދޭޝްގެ މީހަކު ޓުއަރ ގައިޑަކަށް ވެގެން ފަތުރުވެރިޔާއަށް ޚިދުމަތް ދިނުމަށްފަހު ފަތުރުވެރިޔެއްގެ ފައިސާތައް ފޭރިގަނެފައިވާތީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފި އެވެ. މި މައްސަލައިގައި ބަންދު ކޮ...

28 Oct 2021 | 13:57

ބަންގްލަދޭޝްގެ މީހަކު ޓުއަރ ގައިޑަކަށް ވެގެން ފަތުރުވެރިޔާއަށް ޚިދުމަތް ދިނުމަށްފަހު ފަތުރުވެރިޔެއްގެ ފައިސާތައް ފޭރިގަނެފައިވާތީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ބަންދު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ 28 އަހަރުގެ ތަންވީރު އިސްލާމް އެވެ.

ތަންވީރު އިސްލާމް ހައްޔަރު ކޮށްފައިވަނީ އޭނާގެ ފޮޓޯ އާންމު ކޮށްގެން އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މިމަހުގެ 24 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ އިތުރުން އޭނާއަށް ތުހުމަތުކުރާ އިތުރު ތިން މައްސަލަ އެއްވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ފަހަކަށް އައިސް ދިވެހިރާއްޖޭގައި މަސައްކަތް ތެރިންގެ ގޮތުގައި އައިސް އުޅޭ ބިދޭސީންގެ އަންނަނީ ބޮޑެތި ކުށް ތަކަށް އަރައިގަންނަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް